ރާއްޖޭގެ ވިޔަފާރި ބަނދަރު 2027 ގައި ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފި

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:37

މާލޭގައި މިހާރު ހިންގަމުންދާ ވިޔަފާރި ބަނދަރު 2027 ވަނަ އަހަރު ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން މުއިއްޒު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

އެގޮތުން، ތިލަފުށީގައި ގާއިމުކުރާ 125 ކީވޯލުގެ މަސައްކަތް މިއަދު އެމްޕީއެލް އިން ބަޔަކާ ހަވާލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި، ޑޮމެސްޓިކް ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމަށް ބޭނުންވާ ދެ ކިލޯމީޓަރުގެ ކީވޯލާއި ޕޭވް ކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތުގެ އިތުރުން، އާލާތްތައް ހޯދުމަށް މި އަހަރުގެ މެދު ތެރޭގައި އެކި ފަރާތްތަކާ ހަވާލު ކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް