ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފި

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:16

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކީން ގޯތި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ގޯތި ލިބުނު މީހުންގެ ގޯތިތައް ދޫކޮށްލަން އެއްބަސްވާނަމަ، އެއިން ކޮންމެ މީހަކަށް ވަކިން ގޯތި ދެއްވާނެ ކަމަށެވެ.

"2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން، މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓުކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓުކޮށް ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް، ވަކި ކެޓެގަރީއެއް ހުޅުވައިލަން ވެސް ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް