މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:46
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް ހާއްސަކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރެކޯޑު ހެދުމަށް ޕްރެސް ކޮންފަރެންސެެއް ބޭއްވި އެވެ. އޭގެ ފަހުން އަދި މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ނުބާއްވަވަ އެވެ.
ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ނިންމަވާލެއްވީ މީޑިއާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ގިނަ ގިނައިން، އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.