ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑު މާދިން ވެސް އިސްތިއުފާ ދެއްވައިފި

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 3:49

ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ބޯޑު މެންބަރު، މުހައްމަދު މާދިން ލަތީފު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެންބަރެއްގެ މަގާމަށް މާދިން ލަތީފް އައްޔަނުކުރީ މެއި 13، 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވާކަން އެކަމުގެ މައުލޫމާތު އެނގޭ މީހުން އަދަދު އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް، އިސްތިއުފާއާ ބެހޭގޮތުން މިހައިތަނަށް މާދިން އަދި، އެއްޗެއް ވިދާޅެއް ނުވެ އެވެ. މާދިންއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.

މައުޟޫޢުތަށް