ސަރުކާރުން ޓޫރިޒަމަށް ވަނުމަކީ ގެއްލުން ބޮޑު، ބިރުވެރި ސިޔާސަތެއް: އަމީރު
އަދަދު
5 ފެބްރުއަރީ 2026 | ބުރާސްފަތި | 5:48
ސަރުކާރުން ޓޫރިޒަމްގެ ވިޔަފާރިއަށް ވަނުމަކީ ގައުމަށް ގެއްލުން ބޮޑު އަދި ބިރުވެރި ސިޔާސަތެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަން އުޅޭތީ އަމީރު ކަންބޮޑުވުން ފާޅުކުރިއިރު، އާންމުންނަށް ހިއްސާ ބަހާ ގޮތަށް ސަރުކާރުން 10 ރިސޯޓު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވެގެންދިޔައީ އެ އިންޑަސްޓްރީގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތީމާ ކަމަށެވެ.