އިޓްލޮސް އިން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ދިވެހި ސިފައިން އިއުލާނުކޮށްފި

އަދަދު

5 ފެބްރުއަރީ 2026 | ބުރާސްފަތި | 6:16

ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީ އިން މިއަދު އިއުލާނުކޮށްފި އެވެ.

އިޓްލޮސް އިން މޮރިޝަސް އަށް ދިން ސަރަހައްދުގެ ކޮންޓްރޯލް ދިވެހި ސިފައިން ނެގި ކަމާއި އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަން މިއަދު އިއުލާނު ކުރީ، ރާއްޖޭގެ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފަހުންނެވެ.

"ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު [ސިލޯނު އަދި އިންޑިއާ ބޯޑަރު] ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރޭ،" ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް