ޕީއެންސީއާ ދެކޮޅަށް އަބްދުއްރަހީމްގެ ކޮއްކޮ، އަބްދުލްކަރީމް ކައުންސިލަށް ކުރިމަތިލުމުން އޭނާގެ ދަރިފުޅު މަގާމުން ވަކިކޮށްފި
އަދަދު
6 ފެބްރުއަރީ 2026 | ހުކުރު | 2:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ގެ އެއްމާބަނޑު ކޮއްކޮ ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް، ލ. ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަގޮތުން ވާދަކުރައްވާތީ، އޭނާގެ އަންހެން ދަރިފުޅު މަގާމުން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އަބްދުލްކަރީމްގެ އަންހެން ދަރިފުޅު، ފާތިމަތު ދުންޔާ އަބްދުލްކަރީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. ނަމަވެސް، އޭނާގެ ބައްޕަ، އަބްދުލްކަރީމް ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ދުންޏާ މިހާރު ވަނީ މަގާމުން ވަކި ކޮށްފަ އެވެ.
އަބްދުލްކަރީމް އަދަދު އަށް ވިދާޅުވީ ދުންޔާ މަގާމުން ވަކިކުރީ މަގުބޫލު އެއްވެސް ސަބަބެއް ދައްކާފައި ނޫން ކަމަށެވެ.