ޓެކްސް ފްރީ ޒޯނެއް ހަދަނީ އައްޑޫ މަރާލަން ކަމަށް އައްޑޫ މޭޔަރު ނިޒާރު ވިދާޅުވެއްޖެ

އަދަދު

7 ފެބްރުއަރީ 2026 | ހޮނިހިރު | 4:58

އައްޑޫގައި ޓެކްސް ފްރީ ޒޯނެއް ހިންގަން އިއުލާންކޮށް، އޭގެ ތެރޭގައި ބިމު ކުލި މާފުކުރާ ގޮތަށް ހިމަނައިގެން ސަރުކާރުން އިއުލާންކުރީ، އައްޑޫ މަރާލަން ކަމަށް ވިދާޅުވެ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އައްޑޫ ޓެކްސް ފްރީ ޒޯނު ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ޓެކްސް އާއި ބިމުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ވިޔަފާރި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރާނެ ކަމަށެވެ.

މި ނިންމުމަށް ފާޑުވިދާޅުވަމުން، އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކުރިއަށް އޮތް ލޯކަލް ކައުންސިލުގެ ކެމްޕެއިން އިވެންޓެއްގައި ނިޒާރު ވިދާޅުވީ، މިއީ އައްޑޫ ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބޭ ކުލި އާމްދަނީ ހުއްޓިގެންދާ ބަދަލެއް ކަމަށެވެ. މިއީ ރިޔާސީ ބަޔާނުގައި މުއިއްޒު ދެއްކެވި ވާހަކަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް