މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ ބޮޑެތި ވައުދު ވުން ކަމަށް ސޯލިހު ވިދާޅުވެއްޖެ
އަދަދު
7 ފެބްރުއަރީ 2026 | ހޮނިހިރު | 11:40
ކުރީ ސަރުކާރުގައި އެމްޑީޕީން ރަށްރަށުގައި ފެށި މަސައްކަތްތައް ހުއްޓާލާފައި ރައީސް މުހައްމަދު މުއިއްޒު ހަމައެކަނި ކުރައްވާ ކަމަކީ ބޮޑެތި ވައުދުތައް ވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތާބުގެ ކެމްޕެއިނަށް ށ. ފޯކައިދޫއަށް ވަޑައިގެން ސޯލިހުގެ ފާޑުކިޔުންތައް މުއިއްޒުއަށް އަމާޒުކުރެއްވީ، ލާމަރުކަޒީ ނިޒާމު ނައްތާލަން ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ތުހުމަތުކުރައްވަމުންނެވެ.
ލާމަޒުކަޒީ ނިޒާމަކީ، ސޯލިހު ވިދާޅުވީ، ފެށުނީއްސުރެން ވެސް އެމްޑީޕީން ވަކާލާތުކުރަމުން އަންނަ ސިޔާސަތު ކަމަށެވެ. އަދި، 2008 ގައި އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ވެރިކަން ލިބުނު ހިސާބުން ފެށިގެން ބަގާވާތާ ގުޅިގެން އެ ސަރުކާރު ވެއްޓުމާ ހަމައަށް އެ ޕާޓީން އިސްކުރީ އެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.