ޑރ. ފަލާހުގެ އާ ފޮތް ނެރެފި؛ "މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކީ ދުސްތޫރީ ދޯކާއެއް"
އަދަދު
8 ފެބްރުއަރީ 2026 | އާދިއްތަ | 8:37
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހު ނުވަތަ "އެންޓި-ޑިފެކްޝަން" އިސްލާހުގެ ދުސްތޫރީ ސައްހަކަމާމެދު ސުވާލު އުފައްދައި، އެކަމުގެ ފުން ގާނޫނީ ދިރާސާއެއް ހިމެނޭ ފޮތެއް ނެރެފި އެވެ.
"ޑިފެކްޝަން މަނާކުރި ދުސްތޫރީ އިޞްލާޙުގެ ޤާނޫނީ ތަންގީދު" ގެ ނަމުގައި ގާނޫނީ މާހިރު ޑރ. ޝަމްސުލް ފަލާހު ލިޔުއްވި 150 ސަފުހާގެ މި ފޮތް ނެރުނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނެވެ. މޫކައި ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ލޯ އިންސްޓްޓިއުޓުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު އަހުމަދު މުއިއްޒު އާއި ފޮތުގެ މުސައްނިފު ޝަމްސުލް ފަލާހު އެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނައި ބަދަލަކީ ޣައިރުދުސްތޫރީ ބަދަލެއް ކަމަށް ފަލާހު ގަބޫލު ކުރައްވަ އެވެ.