ރައީސް އާއި ނައިބުރައީސް ކުރެއްވި ދަތުރުތަކުގެ ތަފްސީލު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އަންގައިފި
އަދަދު
8 ފެބްރުއަރީ 2026 | އާދިއްތަ | 8:50
ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގެ ތަފްސީލް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު އަންގައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމިއްލަ ފަރާތަކުން ރައީސް އާއި ނައިބުރައީސްގެ ކުރެއްވި ދަތުރުތަކުގެ ތަފްސީލް ހޯދުމަށް އެދިފައިވާއިރު، މިހާތަނަށް ނައިބުރައީސްގެ ދަތުރުތަކުގެ ތަފްސީލާ ގުޅޭ ގޮތުން ރަައީސް އޮފީހުން ޖަވާބު ދީފައެއް ނުވެ އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކުގެ ތަފްސީލާ ގުޅޭގޮތުން ކުރި ސުވާލަށް ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުތަކުގެ ތަފްސީލް އެ އޮފީހުން ދަނީ ހާމަކުރަމުން ކަމަށެވެ. އަދި ކުރިމަތިވި ސުވާލަށް ފުރިހަމަ ޖަވާބެއް ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.