ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން ޔޫރަޕިއަން ޔޫނިއަންއާ ހިއްސާކޮށްފި
އަދަދު
8 ފެބްރުއަރީ 2026 | އާދިއްތަ | 8:30
ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޔޫރަޕިއަން ޔޫނިއަންއާ ހިއްސާކޮށްފި އެވެ.
ދިވެހި ސަރުކާރާއެކު ބާއްވާ ސިޔާސީ މަޝްވަަރާތަކަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ވަފުދާއެކު މިއަދު އެމްޖޭއޭއިން ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރު، ފާސްކުރި ކޮންޓްރޯލް ގާނޫނުގެ ދަށުން މީޑިއާތަކަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާ ބެހޭގޮތުން މައުލޫމާތު ބަދަލު ކުރެވުނެވެ.
އެގޮތުން، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ލިބިގެން ނުވާ ބާރުތައް ބޭނުން ކުރުމާއި ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިނުލާ މައްސަލަތައް ބަލަން ފެށުމާއި ސޯޝަލްމީޑިއާ ރެގިއުލޭޓު ކުރަން އެ ކޮމިޝަނުން މަސައްކަތް ކުރި، ކުރުން އީޔޫގެ ސަމާލުކަމަށް އެމްޖޭއޭއިން ގެނަ އެވެ.