ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި ދެ ގައިދީންގެ ވެސް އޮޓޮޕްސީ ހަދަން ނިންމައިފި
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 10:00
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވި ދެ މީހުންގެ ވެސް އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ޖަލުގައި މަރުވި ސ. ހިތަދޫ، ހަސަން ނިޔާޒު، 45، އާއި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވި ކ. މާލެ، މާލެ، އިބްރާހީމް ސުހައިލް، 53، ގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"މި ދެ މައްސަލައިގެ ތަހުގީގުން ވަނީ، ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައި. އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.