ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 7:07
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ހައިވޭގައެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ކާރެއް ޖެހިގެންނެވެ.