އަމީން މިއާގެ މަރު: ސްރީލަންކާ މީހާ ފިލަން މަސައްކަތްކުރި، އުޅުނީ ގަވާއިދާ ހިލާފަށް
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 9:57
ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި ބިދޭސީއަކު މަރުވި މައްސަލައިގައި ހައިމާކު އޮޕަރޭޓްކުރި ސްރީލަންކާ މީހާ ފިލަން މަސައްކަތްކުރި ކަމަށާއި އޭނާ އުޅުނީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފި އެވެ.
ވެމްކޯގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24، މަރުވި މި މައްސަލައިގައި ހައިމާކު އޮޕަރޭޓުކުރި ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32، ގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނީ ހެއްކެއްގެ ބަޔާނަށް ބަލާއިރު ސްރީލަންކާ މީހާ ފިލައިގެންދާން އުޅުނު ކަމަށް ބެލެވޭ ކަމަށާއި އޭނާ ރާއްޖޭގައި މަސައްކަތްކުރަމުންދިޔައީ ގަވާއިދާ ހިލާފަށް ކަމަށެވެ.