ކޯޓުތަކުގައި ނުނިމި 13،032 މައްސަލަ، މި އަހަރު ނިމުމުގެ ކުރިން ބެކްލޮގް ހުސްކުރަން އުއްތަމަ ފަނޑިޔާރުގެ އަމާޒު

އަދަދު

9 ފެބްރުއަރީ 2026 | ހޯމަ | 9:02

ފަނޑިޔާރުގޭގެ އެންމެ މުހިންމު މަގުސަދަކީ ކޯޓުތަކުގައި ލަސްވެފައިވާ މައްސަލަތަކަށް އަވަހަށް އިންސާފު ހޯދައިދިނުން ކަމަށާއި މިވަގުތު ރާއްޖޭގެ ކޯޓުތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގުގައި ހިމެނޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ދާއިރާގެ އަހަރު ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކައިގައި ވަނީ ކޯޓުތަކުން އެންމެ އިސްކަމެއް ދެނީ އަވަހަށް މައްސަލަތައް ނިންމުމަށް ކަމަށް ވިދާޅުވެފަ އެވެ.

"އެންމެ އިސްކަމެއް ދީގެން އަޅުގަނޑު ކުރަން ބޭނުންވާ ކަމަކީ މި ދެންނެވި 13،032 މައްސަލައިގެ އިންސާފު އަވަސްކަމާއެކު ގާއިމުކުރުން. މިކަން ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރު ކޯޓުތަކުގައި އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21،000 އަށްވުރެ ގިނަ މައްސަލައިގެ އިންސާފު އަވަސް ކަމާއެކު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ ގޮތަށް،" ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.

މައުޟޫޢުތަށް