ސިއްހަތަށް ނުރައްކާވާ މިންވަރަށް ވިލިމާލެއަށް ދުންފުހުގެ އަސަރު

އަދަދު

9 ފެބްރުއަރީ 2026 | ހޯމަ | 3:35

ވިލިމާލެއަށް ވައި ނުސާފު މިންވަރު 163 އަށް އަރައި، ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުހުގެ އަސަރު މިއަދު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގޮތުގައި ވިލިމާލެއަށް މިއަދު ދުންފުހުގެ އަސަރުކުރަމުންދަނީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ކުރާ ވަރަށް ކަމަށެވެ.

ވިލިމާލޭގެ އިތުރުން ދުންފުހުގެ އަސަރު މިއަދު ދެން އެންމެ ބޮޑަށް ކުރަމުންދަނީ މާލެ އާއި ކުޅުދުއްފުށި ސިޓީއަށެވެ. އެއީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ މިންވަރަށެވެ.

މައުޟޫޢުތަށް