ހަޔާ އެޑިއުކޭޝަނުގެ އެސްޕީޑީގެ މަގާމުން އީޝާ ވަކިކޮށްފި
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 9:26
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) ގެ މަގާމުން އާއިޝަތު އީޝާ އަޝްރަފް މިއަދު ވަކިކޮށްފި އެވެ.
އީޝާ މަގާމުން ވަކިކުރެއްވިކަމުގެ ސިޓީ ސޯޝަލް މީޑީއާގައި ދައުރުވަމުންދާއިރު، އޭނާ މަގާމުން ވަކިކުރީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.