ލޯކަލް ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވާން މާދަމާ ހުޅުވާލަނީ
އަދަދު
9 ފެބްރުއަރީ 2026 | ހޯމަ | 10:08
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީގެ ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ފެބްރުއަރީ 16، ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށެވެ.
ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.