މައުރޫފް އިހުތިޖާޖުކުރުމުން ނަން އިއްވައި މަޖިލިސް ތަޅުމުން ނެރެފި

އަދަދު

10 ފެބްރުއަރީ 2026 | އަންގާރަ | 9:24

ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލު އެޖެންޑާކުރުމާއެކު އިހުތިޖާޖުކުރުމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.

މައުރޫފްގެ ނަން އިއްވާފައިވަނީ ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވުމަށްފަހު އެވެ. އޭނާ ތަޅުމުން ނެރުނީ މަޖިލިސް ސެކިއުރިޓީންނެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ.

މައުޟޫޢުތަށް