އެކްސިޑެންޓަކާ ގުޅިގެން އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ ޖޫރިމަނާކޮށްފި
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 10:09
ދެ ސައިކަލު ޖެހި 2018 ވަނަ އަހަރު ހިނގި އެކްސިޑެންޓަކާ ގުޅިގެން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 115،200ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެ އެކްސިޑެންޓަކީ ބޮޑުތަކުރުފާނުމަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން ހދ. ކުޅުދުއްފުށި، ރަސްރީތި، އަލީ މުހައްމަދު ބާރު ސްޕީޑުގައި ދުއްވި ސައިކަލު ށ. މަރޮށި، އައްސޭރި، އިބްރާހިމް ވަސީމް ދުއްވި ސައިކަލުގައި ޖެހި ހިނގި އެކްސިޑެންޓެކެވެ.
އަލީ މުހައްމަދު ދުއްވި ސައިކަލުން ޖެހި ހިނގި އެ އެކްސިޑެންޓުގައި އިބްރާހިމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.