ރަސްމާލެއަށް އަޅާ ވެލިތަކުގެ ކިސަޑުގަނޑުން ފުން ކަނޑު ވެސް ކިލަނބުކޮށްލައިފި

އަދަދު

10 ފެބްރުއަރީ 2026 | އަންގާރަ | 1:46

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެއަށް ބިން ހިއްކާ ޑްރެޖަރުތަކުން އަޅާ ވެލިތަކުގެ ކިސަޑުގަނޑު ދެކުނު މާލެ އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަހައްދަކަށް ފެތުރި، ފުން ކަނޑު ވެސް ކިލަނބުކޮށްލާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.

ފުށިދިއްގަރު ފަޅު ފެންނަ ފޮޓޯތަކުން ދައްކާ ގޮތުގައި ކިސަޑުގެ އަސަރު ކުރުމުގެ ސަބަބުން އެންމެ ބޮޑަށް ކިލަނބުވުން ނޫނީ "ސެޑިމެންޓޭޝަން ޕްލޫމް" އެންމެ ބޮޑަށް އޮތީ އަތޮޅުގެ ހުޅަނގު މެދުތެރޭގަ އެވެ. އެންމެ ބޮޑަށް ކިލަނބު ސަރަހައްދުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުގެ އިމްޕެކްޓް ބައުންޑަރީ (ނުރަނގަޅު އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދު) ގައި ނުހިމެނޭ ބޮޑު ސަރަހައްދެއް ވެސް ހިމެނެ އެވެ.

މިއީ ބިން ހިއްކުމުގެ ބޮޑު ޕްރޮޖެކްޓަކާ ގުޅިގެން ނޫނީ ނުއުފުދެދޭނެ ޓާބިޑިޓީ އިވެންޓެކެވެ. މި އިވެންޓާ ގުޅިގެން އުފެދުނު ޕްލޫމް އަތޮޅުގެ ހުޅަނގު ބިތާ ދިމާލުން ފުން ކަނޑަށް ބޭރުވެ، ބައެއް ދިމަދިމާލުން 10 ކިލޯމީޓަރާއި 12 ކިލޯމީޓަރު ބޭރަށް ޕްލޫމް ވަނީ ފެތުރިފަ އެވެ.

މައުޟޫޢުތަށް