ގާނޫނުއަސާސީއާ ކުޅެމުންދަނީ ރިޔާސީ ދައުރު ދިގުކުރަން: އެމްޑީޕީ
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 11:09
ގާނޫނުއަސާސީއާ ކުޅެމުންދަނީ ރިޔާސީ ދައުރު ދިގުކުރުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ އެ ދައުރު ދިގުކުރާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސްގެ ދައުރަކީވެސް ކުޑަކޮށްފައި އޮތް އެއްޗެކޭ، އެއަކަށް ޗެލެންޖެއް ނުކުރެއޭ، ސުޕްރީމް ކޯޓު އޭތި ބަލައިގަނެފިއޭ، ރައްޔިތުން އޭތި ބަލައިގަނެފިއޭ، މަޖިލިސް އޭތި ބަލައިގަނެފިއޭ ދެން އެހެންވީމާ ރައީސުލްޖުމްހޫރިއްޔާގެ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ދައުރެއްގައި ނުފުއްދޭތީވެ ރައީސް ދައުރު ދިގުކޮށްލުމަށްޓަކައި ގާނޫނު އަސާސީއާ ކުޅެންފެށީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ.