ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު: ޣަފޫރު
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 3:02
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު ކަމަށް އެމްޑީޕީގެ ވަގުތީ ޗެެއާޕާސަން އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓުގައި ސަރުކާރަށް އާނއެކޭ ބުނެފިނަމަ، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި ލާ ވޯޓުގެ ކަރުދާސްކޮޅުގެ ނަތީޖާ ނުލިބޭނެ ކަމަށެވެ.
"މިނެގޭ ކައުންސިލް އިންތިހާބު ވޯޓުގައި ރައްޔިތުން ލާ ވޯޓަކީ ރައްޔިތުންނަށް ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ލިބޭ އެންމެ ފަހު ފުރުސަތު. ދެން އެބޭފުޅުން ލާ ވޯޓުގެ ކަރުދާސްކޮޅުގެ ނަތީޖާ އެބޭފުޅުންގެ އަތްޕުޅަކަށް ނުލިބޭނެ. އެއީ ހަމަ ޔަގީންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.