މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަރާއިރު އެހީތެރިވުމަށް ނަޝީދު އެ ގައުމުގައި
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 4:35
އެފްރިކާގެ ގައުމެއް ކަމަށްވާ މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަރާކަން އެނގިހުރެ އެ ގައުމުގެ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގެންފި އެވެ.
ކެޓަގަރީ ހަތަރެއްގެ ސައިކްލޯން ގެޒާނީ މަޑަގަސްކަރައިގެ އިރުމައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ގައުމުގެ އިދާރާތަކުން މިހާރު އަންނަނީ މި ތޫފާނާއިގެ ގުޅިގެން މުޅި ގައުމު ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
އެ ގައުމުގެ އިދާރާތައް ގުޅިގެން ތޫފާނުގެ ކަންކަމަށް ހާއްސަކޮށް ހަދާފައިވާ މަރުކަޒެއްގައި ހުންނަވާ ފޮޓޯތަކެއް ހިއްސާކުރައްވާ ނަޝީދު މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.