ކޯޓުތަކުގައި ދުވަސްވީ މައްސަލަތައް ނިންމާ ހާއްސަ ޓާސްކްފޯސް އެކުލަވާލައިފި
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 4:46
ކޯޓުތަކުގައި ދުވަސްވެފައިވާ ހުރި މައްސަލަތައް ނިންމަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އުފައްދެވި ހާއްސަ ޓާސްކްފޯސް އެކުލަވާލައި، މަސައްކަތްތައް ފަށާފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލަން އަބްދުލްޢަނީ ނިންމެވީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުންއަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ޝަރުއީ އަހަރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި, މި ޓާސްކްފޯސް އިއުލާންކުރައްވަމުން، އަބްދުލްޣަނީ ވިދާޅުވީ ފަނޑިޔާރުގޭގެ އެންމެ އިސް ވާޖިބަކީ އަވަހަށް މައްސަލަތް ނިންމުން ކަމަށެވެ. މިހެން ނަމަވެސް މިހާރު ވެސް ކޯޓުތަކުގައި ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލައެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.