އެމްޕީއެލްގެ މުވައްޒަފުންގެ ބޯނަސްތަކާއި ރޯދަ އިނާޔަތުގެ އިތުރުން ފައިސާގެ ހަދިޔާ އާއި ގިފްޓު ވައުޗަރު ދެނީ
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 7:12
ވިޔަފާރި ބަނދަރުތައް ބެލެހެއްޓުމާ ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް 2024 ވަނަ އަހަރުގެ ބޯނަސްތައް ދޭއިރު ރޯދަ އިނާޔަތުގެ އިތުރުން ރޯދަ "ހަދިޔާ" ގެ ގޮތުގައި ފައިސާ އާއި ގިފްޓު ވައުޗަރެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް މިކަން އަންގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން ފޮނުވި މެމޯގެ ކޮޕީއެއް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ މެމޯގައިވާ ގޮތުން އަހަރީ ބޯނަސް ދެނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމި ގޮތުގެ މަތިންނެވެ. އަދި ޕާފޯމަންސް ބޯނަސް ދޭން ނިންމީ ޑިރެކްޓަރުންގެ ބޯޑުންނެވެ.
އެމްޕީއެލްގެ ބޯޑުން ވަނީ ރޯދަ އިނާޔަތް ދޭއިރު ރޯދަ ހަދިޔާ އާއި ގިފްޓު ވައުޗަރެއް ހުރިހާ މުވައްޒަފުންނަށް ދޭން ނިިންމާފަ އެވެ.