ކޮރަޕްޝަނުގެ މައްސަލަ ބޮޑޭ ބުނުމުން ޓްރާންސްޕޭރެންސީގެ ދިރާސާ އޭސީސީއަށް ގޯސްވެއްޖެ
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 7:33
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އަހަރަކު އެއް ފަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދަށް ނަތީޖާއެއް ލިބުމުން، އެއީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާއެއް ނޫން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބަޔާނެއް ނެރެފި އެވެ.
ޓްރާންސްޕޭރެންސީން ނެރުނު އެންމެ ފަހުގެ ސީޕީއައިގައި ރާއްޖެއަށް ލިބުނު ސްކޯއަކީ 39 އެވެ. މި ނަތީޖާއާއެކީ މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.