ފަސް ކިލޯ ޑްރަގު ގެނައި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް
އަދަދު
10 ފެބްރުއަރީ 2026 | އަންގާރަ | 10:35
ވައިގެ މަގުން ފަސް ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރިކަން ސާބިތުވެ، ޕާކިސްތާނު ފިރިހެނަކު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޖަލަށް ލާފައި ވަނީ އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މާޗު 12، 2024 ގައި އެވެ.
ބަލޮޗް ރާއްޖެ އައިސްފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގަ އެވެ. މީނާއާ ކަސްޓަމްސްގެ އޮފިސަރުން ސުވާލުކުރީ ކަސްޓަމްސްގައި މުދާ ޑިކްލެއާކުރަން އޮންނަ ރެޑް ޗެނަލްއަށް އަމިއްލައަށް ގޮސް ވަނުމުންނެވެ.