ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއްް ހުށަހަޅައިފި

އަދަދު

11 ފެބްރުއަރީ 2026 | ބުދަ | 7:43

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގެ ސަބަބުން ކުޑަކުދިންގެ އަހުލާގަށާއި ތޮބީއަތަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް ބުނެ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ގޮވާލާ އިލެކްޓްރޯނިކް ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ތާއިދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ސ. ހިތަދޫ އަލީ ޢާނިމް މުފީދު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ގިނަ ވަގުތު ކުދިން ކުރާ ކަންތައްތައް ބެލުމަށް ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި، ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން މަންސަތަކުން ކުޑަކުދިންނަށް ފާހިޝް ބަސްތަކާއި ނުބައި އަމަލުތައް ދަސްވަމުންދެއެވެ. މީގެ ސަބަބުން ކުދިންގެ ކިބައިން ނޭދެވޭ އަހުލާގީ ބަދަލުތަކެއް ފެންނަމުންދާތީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް