"ލާދީނީ" ޓެގު އަޅުވާތީ އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން، ރިޔާސަތުން ވިދާޅުވީ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 10:11
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގު އަޅުވާތީ ކަންބޮޑުވުން ފާޅުކުރުމުން އެކަން ހުއްޓުވޭނެ ގޮތެެއް މިވަގުތު ނެތް ކަމަށް ރިޔާސަތުން އަންގައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދަނީ ޓެރަރިޒަމްގެ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ. އެއީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވަނީ އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.