ނެޝަނަލް ސާވިސްއަށް ގާނޫނެއް، ގަވަނިން ކައުންސިލްގެ ވެރިޔަކަށް ރައީސް
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 11:13
ނެޝަނަލް ސާވިސް ޕްރޮގްރާމް ހިންގުމޭ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ހާއްސަ ގަވަނިން ކައުންސިލެއް އުފައްދައި އެ ކައުންސިލުގެ އެންމެ އިސް ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގޮތަށް "ވަތަނީ ހިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އެވެ. ބިލުގައި ވަނީ ނެޝަނަލް ސާވިސް ޕްރޮގްރާމްގެ މައިގަނޑު އަސާސްތަކާއި މަގުސަދުތައް ކަނޑައަޅައި އެ ޕްރޮގްރާމް ހިންގުމާ ބެހޭ އުސޫލުތައް ހިމަނާފަ އެވެ.
ނެޝަނަލް ސާވިސް ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށް ކަމަށް ބިލުގައި ބުނެ އެވެ. އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހާއި ދައުލަތުގެ ޔުނީފޯމު އެޅި ހިދުމަތެއްގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމުގެ މައްޗަށެވެ.