ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 2:12
އެތެރޭގެ ބާޒާރާއި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ސެކިއުރިޓީތަކުގެ އައުޓްސްޓޭންޑިން 100 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ ގަވަމަންޓް ސެކިއުރިޓީސް އައުޓްސްޓޭންޑިންގެ އެންމެ އަދާހަމަ މައުލޫމާތުން ދައްކާ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު މި ދަރަނި ވަނީ 100.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި ދަރަނީގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެއީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓީބިލުތަކާއި ބޮންޑުތަކާއި އިސްލާމިކް އިންސްޓްރޫމަންޓުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އެ އަދަދު މިހާރު ހުރީ 91.1 ބިލިއަން ރުފިޔާގަ އެވެ.