ފެނަކަ މުވައްޒަފުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރު ދޭނެކަން އެންގުމަށްފަހު، އެ ނިންމުން ބާތިލުކޮށްފި
އަދަދު
11 ފެބްރުއަރީ 2026 | ބުދަ | 6:33
ކުރިއަށް އޮތް ރޯދަ މަހަށް، ހަދިޔާގެ ގޮތުގައި ފެނަކައިގެ ކޮންމެ މުވައްޒަފަކަށް ވައުޗަރެއް ދޭން ނިންމި ނިންމުން އެ ކުންފުނިން ބާތިލުކޮށްފި އެވެ.
ފެނަކައިން އިއްޔެ ނެރުނު އެތެރޭގެ މެމޯއެއްގައި ބުނީ ރޯދަ މަހަށް، ހަދިޔާގެ ގޮތުގައި އެސްޓީއޯގެ ވައުޗަރެއް ދޭނެ ކަމަށް މީގެ ކުރިން މެމޯއަކުން އަންގާފައި އޮތް ނަމަވެސް، މިހާރު އެ ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.
"މި އަހަރުގެ ރަމަޟާން މަހަށް، ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރެއް ދިނުމަށް މެނޭޖުމެންޓުން ނިންމެވިކަން ހަވާލާދެންނެވުނު ދެންނެވުނު ނަމަވެސް، މި ނިންމުން ބާތިލުކުރެވިފައިވާކަން ތިޔަ ބްރާންޗުތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،" އަތޮޅު ތެރޭގެ ބްރާންޗުތަކަށް ފެނަކައިން ފޮނުވި ސިޓީގައި ބުންޏެވެ.