ސިފައިންގެ އޮޕަރޭޝަނުގައި ދެ ބޯޓު ހުއްޓުވީ ރާއްޖޭގެ ސަރަހައްދުން

އަދަދު

12 ފެބްރުއަރީ 2026 | ބުރާސްފަތި | 1:00

ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އިއުލާންކޮށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނުގައި ދެ ބޯޓެއް ހުއްޓުވީ ރާއްޖޭގެ ސަރަހައްދުންކަން އެނގިއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވި ފެބްރުއަރީ 5، 2026 ގައި މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމާފަ އެވެ.

އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީން އެ ރޭ އިއުލާން ކުރި އެވެ. މޮރިޝަސްއަށް ބައިނަލްއަގްވާމީ ކޯޓުން ދިން ބަޔަށް ދިވެހި ސިފައިން ވަދެ އޮޕަރޭޝަނެއް ހިންގައި ދެ ބޯޓެއް ހުއްޓުވި ކަމަށް އަދަދު ނޫހުން ވެސް މީގެކުރިން ރިޕޯޓުކޮށްފައިވާނެ އެވެ.

މައުޟޫޢުތަށް