ބޭނުންވަނީ ޒިންމާދާރު، ދެމިއޮންނަ ހައްލުތަކަށް އިންވެސްޓުކުރާ އިންވެސްޓަރުން: މުއިއްޒު
އަދަދު
13 ފެބްރުއަރީ 2026 | ހުކުރު | 10:52
ރާއްޖޭން ބޭނުން ވަނީ އަވަހަށް ފައިސާތަކެއް ދޭނެ އިންވެސްޓަރުންތަކެއްގެ ބަދަލުގައި، ބިނާކުރަނިވި ގޮތެއްގައި ޝާމިލުވެ، ޒިންމާދާރުކަމާއެކީ އިންވެސްޓްކޮށް، ދެމިއޮންނަ ހައްލުތަކަށް އިންވެސްޓުކުރާނެ ބަޔެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަރުމަނަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރިންނާއެކީ ބޭއްވި "މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައި ވާހަކަ ދައްކަވަމުން، މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކާއި އިގުތިސޯދީ ލަނޑުދަނޑިތައް ހިއްސާކުރައްވަމުންވެ.
މުއިއްޒުގެ ވާހަކަ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އަދުގެ ދުނިޔޭގެ މާހައުލަކީ އެއްވެސް ހާލެއްގައި ފަސޭހަ މާހައުލެއް ނޫން ކަމަށެވެ. އެ ގޮތުން އިގުތިސޯދުތަކުން ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފައިވާ ފިއްތުންތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.