ދެ އިންތިހާބު އެއްކޮށްލަނީ ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އަޅުވަން: ޝާހިދު
އަދަދު
12 ފެބްރުއަރީ 2026 | ބުރާސްފަތި | 10:20
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން މި ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އެޅުވުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރަން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަނީ ވަކަރަށް ޖަހާ އުސޫލުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ފުރަތަމަ ކުރުކޮށްލުމަށް ކަމަށެވެ. އެގޮތުން އެގޮތަށް އަމަލު ކުރުމުން ރައްޔިތުންގެ ބަސް ބުނުމުގެ ހައްގުވެސް ނިގުޅައިގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުން މި ބޭނުންފުޅުވަނީ 50 ޕަސަންޓް ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބަސް ބުނުމުގެ އަނގަމަތީގައި މަލަން އަޅުވަން. އެ ފުރުސަތު ނުދެއްވާތި. ކަންކުރައްވަން ގަސްތުކުރައްވާފައި އޮތް ގޮތަކީ ފުރަތަމަ ވަކަރެއް ޖަހާލަނީ. ވަކަރެއްޖަހާލާއިރު މިކުރައްވަން ބޭނުންފުޅުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށްލަނީ ނޫންހޭ،" ޝާހިދު ވިދާޅުވި އެވެ.