ސަރުކާރަށް އިންތިހާބުގައި މެޖޯރިޓީ ދީފިނަމަ ކައުންސިލްތައް އުވާލާނެ: ޣަފޫރު
އަދަދު
12 ފެބްރުއަރީ 2026 | ބުރާސްފަތި | 11:05
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިއްޔާ ކައުންސިލްތައް ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ދިން އުސޫލުން ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ރާއްޖޭގެ ހުރިހާ ކައުންސިލެއް އުވާލާނެކަން ޔަގީންވާ ކަމަށެވެ.
"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވި އެވެ.