ހުލާސާކޮށް އިއްޔެ: ކާގިލް ލޯނުގެ އިންޓްރެސްޓު އޮޅުވާލުމުގެ ތުހުމަތު

އަދަދު

13 ފެބްރުއަރީ 2026 | ހުކުރު | 6:52

އަންނަ އޭޕްރިލް މަހު އަނބުރާ ދައްކަން ޖެހޭ ސުކޫކު ދައްކަން ސަރުކާރުން ނަގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކާގިލް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސްގެ ލޯނުގެ އަސްލު އިންޓްރެސްޓު ރޭޓު އޮޅުވާޅަން އުޅޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ތުހުމަތު ކުރެއްވި އެވެ.

އަމީރު އެކްސްގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ، ލޯނުގެ ހަގީގީ އިންޓްރެސްޓް ރޭޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބައިވެރިކޮށްގެން ކަމަށެވެ. މި މުއާމަލާތް ރާވާފައިވަނީ ސީދާ ސަރުކާރުން ކާގިލްގެ ލޯނު ނެގުމުގެ ބަދަލުގައި، ބީއެމްއެލްއިން އެ ލޯނު ނެގުމަށް ފަހު ނުވަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައި ސަރުކާރަށް ދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނުވަ ޕަސެންޓު އިންޓްރެސްޓް ރޭޓަކީ، ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ރޭޓެވެ. އެމަނިކުފާނު ވަނީ އެހާތަނަށް ސުކޫކު ރީފައިނޭންސް ކުރަން ނެގި އެއްވެސް ލޯނެއްގެ އިންޓްރެސްޓް އެއަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަރުވާފަ އެވެ.

މައުޟޫޢުތަށް