ހަ ހަފުތާ ނިމުނުއިރު ފިސްކަލް ރިޕޯޓުތަކެއް ނުނެރޭ
އަދަދު
13 ފެބްރުއަރީ 2026 | ހުކުރު | 12:52
ކޮންމެ ހަފުތާއެއްގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފާސްހިސާބުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުނުކުރާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.
މީގެ ކުރިން ވެސް ގަވާއިދުން ވީކްލީ ފިސްކަލް ރިޕޯޓުތައް އާންމުނުކުރާ މައްސަލަ ބޮޑުވި އެވެ. މި މައްސަލަ އެންމެ ބޮޑުވީ ފަހަރު، ޖޫން 2024 އިން ފެށިގެން ތިން މަހަށް ވުރެ ދިގު މުއްދަތަކަށް މި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލި އެވެ.
އެ ފަހަރު މި ރިޕޯޓު ޝާއިއުނުކުރާ ސަބަބު ހާމަނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ތިބުމަށް ފަހު ސަރުކާރުން ބުނީ، ރިޕޯޓު ނެރުން ހުއްޓާލަން ޖެހުނީ ކުރީ ސަރުކާރުން ހަރަދުތަކެއް ރެކޯޑު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން ކަމަށެވެ.