ގަވާއިދާ ހިލާފަށް މާލޭގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ޓޯކުރަނީ

އަދަދު

21 ފެބްރުއަރީ 2026 | ހޮނިހިރު | 11:18

މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯ ކުރަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ގެޒެޓުކުރި އިއުލާނެއްގައި ބުނީ ގަވާއިދާ ހިލާފަށް މާލޭގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ އިތުރުން އޭ ޒޯނު، ނޫން އެހެން ޒޯނުތަކަށް ނިސްބަތްވާ އުޅަނދުތައް ވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށެވެ.

މާލޭގެ އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތަކާއި މާލެ ނޫން އެހެން ޒޯނުތަކުގެ އުޅަނދުތައް ހޯމަ ދުވަހުގެ ރޭ 11:30 ގެ ކުރިން ނެގުމަށް އެ އިއުލާނުގައި ފުލުހުން އަންގާފައިވެ އެވެ. އަދި އެ ތާރީހުގެ ފަހުން ޓޯ ކުރާ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް