މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް މީހަކު ހައްޔަރުކޮށްފި
އަދަދު
21 ފެބްރުއަރީ 2026 | ހޮނިހިރު | 5:05
ހުއްދަ ނޫން ގޮތުގައި ހިފަހައްޓާފައި ހުރި ބިދޭސީއަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަލާމަތްކޮށް، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަ ފުލުހުންނަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:22 ހާއިރު ރިޕޯޓުކޮށްފައިވާއިރު، ރަހީނުކޮށްފައި ހުރި މީހާ ހިފަހައްޓާފައި ހުރިތަން ދެނެގަނެ 2:29 ހާއިރު ފުލުހުން ވަނީ އެ ބިދޭސީ މީހާ ސަލާމަތްކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އިގްބާލް މިއާ، 35، ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.