ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ ކާޑު ބޭނުން ނުކުރެވޭތީ ޝަކުވާ ބޮޑުވުން
އަދަދު
22 ފެބްރުއަރީ 2026 | އާދިއްތަ | 8:28
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކާޑުތައް ބޭނުންކޮށްގެން އެމަޒަން އަދި އަލީއެކްސްޕްރެސް ފަދަ ބޭރުގެ ބައެއް އީކޮމާސް ވެބްސައިޓުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެމަޒަން އާއި އަލީއެކްސްޕްރެސްގެ އިތުރުން ޕްލޭސްޓޭޝަން ސްޓޯރުގައި ވެސް ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ.
ސޯޝަލް މީޑިއާ ޝަހުސިއްޔަތު އަދި ވިސްލްބޯވަރު ހަސަން ކުރުސީ އާއި އެކްސްގައި ހިޔާލުފާޅުކުރި ބައެއް އެހެން މީހުން ބުނެފައި ވަނީ ބީއެމްއެލް އިން ބައެއް ވެބްސައިޓުތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރަނީ ކަމަށެވެ.