ސަރުކާރަށް ލަފާ ދޭ ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
އަދަދު
22 ފެބްރުއަރީ 2026 | އާދިއްތަ | 8:58
ތިން ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީޓަކުގެ މެންބަރުން ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އެކުލަވާލަން މަސައްކަތް ކުރަމުން އަންނަ ކޮމިޓީތަކަކީ ޓޫރިޒަމް ދާއިރާއިން ލަފާ ދޭން "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އާއި، އިމާރާތް ކުރުމުގެ ދާއިރާއިން ލަފާ ދޭން، "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އާއި، މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާއިން ލަފާ ދޭން "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ.
މި ތިން ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ފުރުސަތު އަލުން ދެނީ އެ ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.