އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކަން އަންގައިފި

އަދަދު

22 ފެބްރުއަރީ 2026 | އާދިއްތަ | 8:20

ބޭނުންކުރުމަށް ފަހު އުކާލާފައި ހުންނަ ސިންގަލް ޔޫސް ޕްލާސްޓިކު ފުޅިފުޅީގައި ކާބޯތަކެތި ބަންދުކުރަން، އެ ފުޅިތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި މިއީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ވަކިވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް ނުވަތަ PET) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. އަދި، މިއީ ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މައުޟޫޢުތަށް