މާލެ "ރިސެޓް" ކުރަން ޒަރިޔަންދުގެ ބޮޑެތި ވައުދުތަކެއް
އަދަދު
23 ފެބްރުއަރީ 2026 | ހޯމަ | 12:52
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާއި ޖާގައިގެ ދަތިކަން ކަމަށްވާއިރު، އެކަންކަމަށް ޒަރިޔަންދުގެ މޭޔަރުކަމުގައި ގެނެސްދޭނެ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހާމަކުރައްވައިފި އެވެ.
އަދަދު ނޫހުން ގެނެސްދޭ ކުޅިކޮށް ޕްރޮގްރާމުގައި ޒަރިޔަންދު ވިދާޅުވީ މާލޭގައި ކުއްޔަށް އުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކުޑަކޮށް، އަގުހެޔޮކޮށް ކުއްޔަށް ތަންތަން ހަމަޖެއްސުމަށް މުނިސިޕަލް ހައުސިން ސްކީމެއް ގާއިމުކުރާނެ ކަމަށެވެ.
އެއީ ދާއިމީ ބޯހިޔާވަހިކަމެއް ލިބެންދެން ފޯރުކޮށްދޭ ވަގުތީ ބޯހިޔާވެހިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.