ކުނި އަޅާ ކޮންޓެއިނަރަކަށް ވެމްކޯ މުވައްޒަފަކު ވެއްޓި ވެންޓިލޭޓަރުގައި ފަރުވާދެނީ
އަދަދު
25 ފެބްރުއަރީ 2026 | ބުދަ | 12:43
ވެމްކޯގައި ޑްރައިވަރަކަށް މަސައްކަތްކުރާ މުވައްޒަފަކު ކުނި އަޅާ ކޮންޓެއިނަރަކަށް ވެއްޓި މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލް ޝުއާއު ހަނީފް އަދަދު އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެ މުވައްޒަފު ދުއްވި ޕިކަޕް ރޭމްޕަކަށް އަރުވައި ކުނި އަޅާ ކޮންޓެއިނަރަށް ޕިކަޕުގައި ހުރި ކުނި އޮއްސާލުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރެގައި ކައްސާލައިގެން ކޮންޓެއިނަރަށް ވެއްޓި ކަމަށެވެ.
އެ މުވައްޒަފަކީ ޑްރައިވަރެއްކަމުން އޭނާއަކީ ފީލްޑްގައި މަސައްކަތްކުރަން ޖެހޭ މީހެއް ނޫން ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ މުވައްޒަފު އަވަހަށް މަސައްކަތް ނިންމާލާފައި ގެއަށް ދިޔުމަށް ފީލްޑްގައި ވެސް މަސައްކަތް ކުރަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.