ދޮގު ހަދައިގެން ދެނެއް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ: އާޒިމް
އަދަދު
25 ފެބްރުއަރީ 2026 | ބުދަ | 4:23
މި ސަރުކާރުގައި ތިބި ވެރިން ދޮގު ހަދައިގެން މިދިޔަ އެމްޑީޕީ ސަރުކާރު ބަދަލުކުރި ގޮތަށް ދެނެއް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް މާލޭގެ އެމްޑީޕީ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދައިގެން ސަރުކާރަށް އިންތިހާބެއް ކާމިޔާބު ނުވާނެ ކަމަށާއި ރައްޔިތުންނަށް އޮޅުވާލަން ސަރުކާރުން ހަދަމުންދާ ދޮގުތައް އެ ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"އަޅުގަނޑު ބުނެލަން އޮތީ ދެނެއް އިރާދަކުރެއްވިއްޔާ ޗާގޯސްގެ ވާހަކަ ދައްކައިގެންވެސް އިންޑިއާ ސިފައިންގެ ވާހަކަ ދައްކައިގެންވެސް އަދި އެހެން ވާހަކައެއް ދައްކައިގެންވެސް އެމްޑީޕީ ސަރުކާރުން ކުރި ވައްކަމެއްގެ ވާހަކަ ދައްކައިގެންވެސް ދެނެއް ތިބޭފުޅުންނަށް ކާމިޔާބެއް ނުލިބޭނެ،" އާޒިމް ވިދާޅުވި އެވެ.