ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އައިސީޖޭއަށް ރާއްޖެއިން މައްސަލަ ހުށަހަޅާނެ ކަމަށް ފަރާޖު ވިދާޅުވެއްޖެ

އަދަދު

26 ފެބްރުއަރީ 2026 | ބުރާސްފަތި | 11:42

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ހޯދުމަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އަވަހަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ. އެ ނިންމުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

މައުޟޫޢުތަށް