ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީހީ އުތީމު ތުނޑި ހިއްކަން ނިންމައިފި
އަދަދު
26 ފެބްރުއަރީ 2026 | ބުރާސްފަތި | 1:15
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިން ސަލާމަތް ކުރަން ހަނގުރާމަ ކުރެއްވި ހއ. އުތީމު މުހައްމަދު ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން ހަރަކާތްތެރިވި އެ ރަށު ތުނޑި ހިއްކަން ސަރުކާރުން ނިންމައިފި އެވެ.
މި ނޫހަށް ލިބިފައި އެމްޓީސީސީގެ ބައެއް ޑޮކިއުމެންޓުތަކުން ފެންނަ ގޮތުގައި އުތީމު ތުނޑިއާ ދިމާލުން ބޮޑު ސަރަހައްދެއް ހިއްކުމަށްޓަކައި ކުރެހުންތައް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
އެކަމަކު، އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދަށް މި ނޫހުން ގުޅުމުން ވިދާޅުވީ، އުތީމުގެ އެއްވެސް ތަނެއް ހިއްކަން ނިންމާފައިވާ ކަމުގެ މައުލޫމާތެއް އޭނާ ލިބިފައިނުވާ ކަމަށެވެ.